ޚަބަރު

ރާއްޖެ އަށް ވަންނަ ބޭރު ފައިސާ އަކީ ވަކި މީހެއްޗެ އެއްޗެއް ނޫން، އެއީ ދައުލަތުގެ އެއްޗެއް: އިބުރާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖެ އަށް ވަންނަ ބޭރު ފައިސާ އަކީ ވަކި މީހެއްޗެ އެއްޗެއް ނޫން، އެއީ ދައުލަތުގެ އެއްޗެއް: އިބުރާ

އިބްރާހީމް އިސްމާއީލް (އިބުރާ)

ދިވެހިރާއްޖެ އަށް ވަންނަ ބޭރު ފައިސާ އަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަަމަށާއި، އެއީ ދިވެހި ދައުލަތުގެ އެއްޗެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވެފައި ވަނީ، މީގެ ދެތިން އަހަރު ކުރިން ވެސް އޭނާ ބުނެފައިވާ ބަހުގައި މިއަދު ވެސް ހިފަހައްޓާނެ ކަމަށެވެ. އެގޮތުން ރާއްޖެ އަށް ވަންނަ ބޭރު ފައިސާ އަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަަމަށް އިބުރާ ވިދާޅުވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ، އެ ފައިސާ އަކީ ދައުލަތުގެ އެއްޗެއް ކަމަށެވެ.

އެހެންކަމުން އެ ދޭން ޖެހޭނީ ދައުލަތަށްކަން ފާހަގަ ކުރައްވައި އިބުރާ ވިދާޅުވީ، އެ މީހާ ގެނައި ބޭރު ފައިސާ އަށް ވާ އަގު ދައުލަތުން ދިވެހި ރުފިޔާ އިން އެ މީހަކަށް ދޭން ޖެހޭނެ ކަމަށެވެ. ވިޔަފާރި އާއި އެހެނިހެން ވެސް ބޭނުން ތަކަށް ބޭރު ފައިސާ ބޭނުންވާ މީހުންނަށް، ކަނޑައެޅި އާންމުކޮށްފައިވާ އުސޫލަކުން ދައުލަތުން އެ ފައިސާ ދޫކުރަންވާނެ ކަމަށް ވެސް އިބުރާ ވިދާޅުވެފައި އެވެ.

މީގެ އިތުރުން އިބުރާ ވިދާޅުވީ، މި އުސޫލު ހިންގޭ ނަމަ، ދިވެހިރާއްޖޭގެ ބޭނުން ތަކަށް ވާވަރަށް ބޭރު ފައިސާ ރާއްޖެ އަށް ވަންނަ ކަމަށެވެ. އިބުރާ އަކީ ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުން މި އަންނަ ފެހި ޤާނޫނު އަސާސީ އިސްލާހުކުރި ކޮމެޓީގެ މުޤައްރިރުކަން ކުރެއްވި ބޭފުޅާ އެވެ. މީގެ އިތުރުން އިބުރާ އަކީ މަންދު ކޮލެޖުގެ ޗެއާމަން އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް