ޚަބަރު

އިތުރު 10 ރަށެއްގައި ނާސަރީ އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިތުރު 10 ރަށެއްގައި ނާސަރީ އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ނާސަރީ ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ބުރުގެ 10 ރަށެއްގެ ކައުންސިލާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުންނެވެ.

އެންވާރަމެންޓު މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ގަސް އިންދުމުގެ ޤައުމީ ހަރަކާތެއް ހިންގުންކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މިއަދު ސޮއިކުރެވުނު ދެވަނަ ބުރުގެ ނާސަރީތައް ބިނާކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

ހދ. ނޮޅިވަރަމް، ކ. ހިންމަފުށި، އދ. ދިއްދޫ، ފ. ދަރަނބޫދޫ، ދ. މީދޫ، ލ. ހިތަދޫ، ލ. ފޮނަދޫ، ގދ. ވާދޫ، ފުވައްމުލައް ސިޓީގެ އިތުރުން، ސ. މީދޫއެވެ.

މި ނާސަރީތައް ޤާއިމުކުރުމުން، އެކި ބާވަތްތަކުގެ ގަސްގަހާގެހި ހެދުމަށާއި، ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެ މަޝްރޫއަކީ އަދި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިފަދަ ނާސަރީތައް ހިންގުމަކީ ލާމަރުކަޒީ އުޞޫލުން މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޅި ރާއްޖޭގައި 20 ނާސަރީ ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރެވުނު 10 ރަށާއެކު މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ފެށިފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލުކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް