ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހާގެ ބަންދަށް 15 ދުވަސް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ޓްރެފިކް ފުލުހެއް ---
ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން މަސައްކަތްކުރި މީހެއް ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އިއްޔެ މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅޭ ކަންމަތީގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި އެ ފުލުސް މީހާ ޒަހަމް ކޮށްލައިފައިވާކަމަށެވެ.
ނަމަވެސް އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، ހަތި އުމުރުން 29 އަހަރުގެ ސާއިން އަބްދުލްޤައްޔޫމްއެވެ.
އެ މައްސަލައިގައި ސާއިން ހައްޔަރުކޮށް އޭނާގެ ސައިކަލު ޓޯކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ފުލުހުން ބުނީ އެ އިދާރާއިން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންއަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް