ޚަބަރު

މުންދު ހެއްދެވީ ބުހުތާން ދޮގުކަމަށް ނޫހުގައި ލިޔެފައިވަނީ ހަގީގަތާ ހިލާފަށް: ރައީސް އޮފީސް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މުންދު ހެއްދެވީ ބުހުތާން ދޮގުކަމަށް ނޫހުގައި ލިޔެފައިވަނީ ހަގީގަތާ ހިލާފަށް: ރައީސް އޮފީސް

ރައީސް އޮފީސް ---

"ދައުރު" ނޫހުގައި "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" ސުރުހީގައި ލިޔެފައިވާ ހަބަރުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު)އާ މެދު ކޮށްފައިވާ ތުހުމަތަކީ ހަގީގަތާ ހިލާފު ތުހުމަތެއްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދައުރު ނޫހުގައި ރިސޯޓުތަކުގެ ކޮންމެ މަހެއްގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ނިންމައިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެއި އުޅޭ ފަރާތްތަކާ މަޝްވަރާކޮށްފައިކަމަށް މީޑިއާގައި މުންދު ވިދާޅުވި ވިދާޅުވުމަކީ ދޮގެއްކަމަށް ލިޔެފައިވާކަމަށެވެ.

މީގެ އިތުރުން އެ ހަބަރުގައި ސަރުކާރުގެ އެ ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް ލިބުނު "ސަޕްރައިޒެއް "ކަމަށް ވެސް ލިޔެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަަމަވެސް ރައީސް އޮފީހުން ބުނީ ރިސޯޓުތަކުގެ ކޮންމެ މަހެއްގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ނިންމީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަޝްރަވަރާކޮށްފައިކަމަށެވެ.

މީގެ އިތުރުން މަޓީގެ އެކި ވެރިންނާއި ވަކިވަކިންވެސް މަޝްވަރާކުރެވިފައިވާކަމަށް ވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީއެ ބައްދަލުވުންތަކުގެ ތެރެެއިން އެންމެ ފަހުން ބޭއްވުނު ބައްދަލުވުން ބާއްވައިފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުކަމަށެވެ. އަދި އެ ބައްދަލުވުން ބާއްވައިވަނީ ރައީސް އޮފީހުގައިކަމަށާއި، މަޓީގެ އިސްވެރިންނަށް ދައުވަތު ދެވިގެން ބޭއްވި އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ

އެ އޮފީހުން ބުނީ އެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އަލީ އިހުސާންއާއި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއާއި، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި، ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ގަވަރުނަރު އަހުމަދު މުނައްވަރު ބައިވެެރިވެވަޑައިގެންކަމަށެވެ.

މަޓީގެ ފަރާތުން އެ ދުވަހުގެ ބައްދަލުވުމުގައި ޖުމުލަ 6 ބޭފުޅުން ބައިވެރިވިކަމަށާއި އެގޮތުން ބައިވެރިވި ބޭފުޅުންގެ ތެރޭގައި މަޓީގެ ވައިސް ޗެއަރމަނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނޭކަމަށް ވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ މަޝްވަރާ ނުކުރާކަމަށް "ދައުރު" ނޫހުގައި ލިޔެފައިވަނީ ދޮގު ވާހަކައެއްކަމަށާއި، ރައީސް އޮފީހުގެ ތަރުޖަމާނު، މުންދު ހެއްދެވީ "ބުހުތާނު" ދޮގެއްކަމަށް ވެސް ބުނެފައިވަނީ ހަގީގަތާ ހިލާފަށްކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް