ޚަބަރު

ރައީސް މުއިއްޒު ތިލަފުށީ ވިޔަފާރި ބަނދަރު ބިނާކޮށްދެއްވާނީ ދިވެހިންގެ މިލްކެއްގެ ގޮތުގައި: ސައީދު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރައީސް މުއިއްޒު ތިލަފުށީ ވިޔަފާރި ބަނދަރު ބިނާކޮށްދެއްވާނީ ދިވެހިންގެ މިލްކެއްގެ ގޮތުގައި: ސައީދު

ރައީސް ޑރ، މުހައްމަދު މުއިއްޒުއާއި މިނިސްޓަރު ސައީދު --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ތިލަފުށީ ވިޔަފާރި ބަނދަރު ބިނާކޮށްދެއްވާނީ ދިވެހިންގެ މިލްކެއްގެ ގޮތުގައިކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަފުށީގައި ތިލަފުށީގައި ޤާއިމްކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ 100 އިންސައްތް މިލްކުވެރިކަން އޮންނާނެތަނެއްކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުއިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ޤައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި. އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ވެސް ސައީދު ވިދާޅުވިއެވެ

އިތުރަށް ސައީދު ވިދާޅުވީ މި ދަރުކާރުން ފަށައި އަދި މި ސަރުކާރުގައި ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހިންނަށް އެންމެ މަންފާހުރި މަޝްރޫއަކަށް ވަނީ ވެސް ތިލަފުށީގައި ހަދާ އައު ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު އެފަދައިން އެކްސައިގައި ޕޯސްޓުކޮށްފައިވަނީ ތިލަފުށީގެ ވިޔަފާރި ބަނދަރުގެ ފުރިހަމަ ހިއްސާ އަދި އެތަން ހިންގަން ބޭރުގެ ކުންފުންޏަކަށް ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކަތް ދޮގުކުރުމަށެވެ.

ސައީދުގެ އެކްސް ޕޯސްޓު ނިންމައިލައިފައިވަނީ ތިލަފުށީގައި ހަދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ މަޝްރޫއުގެ ހަގީގަތް ދެކެން ނުކެރިގެން ރޯ ބުހުތާނު ދޮގު އެ ބަދަރާ ބެހޭގޮތުން ނުފެތުރުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް