އަމާން އުދަރެސް ފްލެޓަކުން ކުއްޖަކު ވެއްޓި ހޮސްޕިޓަލުގައި ފަރުވާ ދެނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އަމާން އުދަރެސް ފުލެޓު --
އަމާން އުދަރެސް ފްލެޓަކުން ކުއްޖަކު ވެއްޓި ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހުޅުމާލެ ފޭސް 2، އަމާން އުދަރެސް ޓަވަރު ދޭއްގެ ތިން ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމަށް މިއަދު ހެނދުނު 11:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންއަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރަށް ފުލުހުން ބުނީ އެ މުއްސަސާއިން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް