ޚަބަރު

މެލޭޝިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު އެ ޤައުމުގެ ރަސްގެފާނާއި ބޮޑު ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މެލޭޝިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު އެ ޤައުމުގެ ރަސްގެފާނާއި ބޮޑު ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު

މެލޭޝިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމް އާއި، ބޮޑު ވަޒީރު އަންވަރު އިބްރާހީމް އަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ރައީސް މުޢިއްޒު ވަނީ މެލޭޝިޔާގެ ސަރުކާރާއި، އަޚުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައި އެވެ. އޭގެ އިތުރުން މި ދުވަހާ ގުޅުވައިގެން ރައީސް މުޢިއްޒު ވަނީ ސޯޝަލް މީޑިއާގައި ވެސް ޕޯސްޓެއް ކުރައްވާފައި އެވެ.



ރަސްގެފާނު ސުލްޠާން އިބްރާހީމް އަށް ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެމެދު އޮތް އެކުވެރިކަމާއި އަދަބު އިޙްތިރާމް އާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އަދި ގާތް ގުޅުން ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައި އެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި، މި ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދެ ޤައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވި އެވެ.

މީގެ އިތުރުން އެ ޤައުމުގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް އަށްފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ. އަދި އޭގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމާއި، މުހިންމު ދާއިރާ ތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް ވެސް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ.

ރައީސް މުޢިއްޒުގެ ސިޓީފުޅުގައި މި އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އޭގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުންތައް ފުޅާވެ، ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ފާޅުކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް