އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެ، ކިރިގިސްތާނާއި ލުބުނާނާ ދެކޮޅަށް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ރާއްޖެ މިދިޔަ އަހަރު މާލޭގައި ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗެއްގެ ފުރަތަމަ އެގާރަ. -- ފޮޓޯ/ އެފްއޭއެމް
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކިރިގިސްތާނުގެ ބިޝެކްގައި އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިއްޖެ އެވެ.
މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ފީފާ ރޭންކިންގެ 106 ވަނައިގައި އޮތް ކިރިގިސްތާނާ ދެކޮޅަށް. އަދި އޮކްޓޯބަރު 1 ގައި ރާއްޖޭގެ ދެވަނަ މެޗުގައި ނުކުންނާނީ ފީފާ ރޭންކިންގެ 115 ވަނައިގައި އޮތް ލުބުނާނާ ދެކޮޅަށެވެ. ރާއްޖެ އޮތީ 173 ވަނައިގަ އެވެ.
މިހާތަނަށް ރާއްޖެ ލުބުނާނާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން 2023 ގެ ސާފް ޗެމްޕިއަންޝިޕްގައި ބަލިވީ 1-0 އިންނެވެ. ކިރިގިސްތާނާ ދެކޮޅަށް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން، އެންމެ ފަހުން ކުޅުނު ދެ މެޗު ރާއްޖެ ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއީ 2011 އަދި 2014 ގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ.
ރަހުމަތްތެރިކަމުގެ މި ދެ މެޗަކީ އަންނަ ނޮވެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ކުޅޭ މެޗުތަކެކެވެ. ބަންގްލަދޭޝްގައި އޮންނަ މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނާއެކު ގްރޫޕް ބީގަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް