އޮގަސްޓު މަހު މަސްވެރިން ކިރި މަހަށް، 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ލިޔުންތެރިޔާ
މަސްވެރިކަން ކުރުމުގެ ތެރެއިން.
ނިމުނު އޮގަސްޓު މަހުގެ ތެރޭގައި މަސްވެރިން ކިރި މަހަށް، 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް، މިފްކޯ އިން ހާމަކޮށްފި އެވެ.
މިފްކޯ އިން މިއަދު ހާމަކޮށްފައިވާ، މިދިޔަ އޮގަސްޓު މަހުގެ ތަފާސް ހިސާބު ތަަކަށް ބަލާއިރު، އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ 1356 ޓަނުގެ މަސް އެ ކުންފުންޏަށް ކިރައިފަ އެވެ. އެއީ 462 ދޯނި ކަމަށްވާއިރު، މިފްކޯ އިން ބުނީ މަސްވެރިންނަށް 30،038،039 (ތިރީސް މިލިއަން ތިރީސް އަށް ހާސް ތިރީސް ނުވަ) ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މިފްކޯގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، މިއީ އޭގެ ކުރީ ސެޕްޓެމްބަރު މަހުގެ އަދަދު ތަަކަށް ވުރެ ބޮޑު އަދަދެކެވެ. އެގޮތުން ސެޕްޓެމްބަރު މަހު މިފްކޯ އަށް ކިރާފައި ވަނީ 1288 ޓަނުގެ މަހެވެ. އެހެންކަމުން ސެޕްޓެމްބަރު މަހަށް ވުރެ، އޮގަަސްޓު މަހު ރާއްޖޭގެ މަސްވެރިކަން ރަނގަޅު ވެފައިވާކަން ހިސާބު ތަކުން ވަނީ ފާހަގަވެފައި އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މަސްވެރިން ކިރާ މަހަށް ލަސްނުވެ ފައިސާ ދިނުމާ އެކު، ހަމަ އަގުގައި މަަސްވެރިންނަށް މަސް ވިއްކޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މަސް ގަންނަ އަގު 20 ރުފިޔާ އަށް ވުރެ ދަށް ވިޔަ ނުދިނުން ކަމަށްވާއިރު، މިވަގުތު މިފްކޯ އިން ކަޅުބިލަ މަސް ގަންނަމުން އަންނަނީ 22 ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް