Article Top
މިފްކޯ •

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުޤައްރިރުކަން މަޖިލީހުގެ ނައިބު ރައީސް ސަލީމް އަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުޤައްރިރުކަން މަޖިލީހުގެ ނައިބު ރައީސް ސަލީމް އަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ސަލީމް.

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ސަލީމް ހަަމަޖައްސަވައިފި އެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލިއްޔަތު ކޮމެޓީ އާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެންނެވެ. މިއަދު އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައި، ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މުޤައްރިރަކަށް ސަލީމް ހަމަޖައްސަވަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު އެވެ. އަދި އެކަމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް އެވެ. އެ ހުށަހެޅުމަށް ކޮމެޓީގެ މެމްބަރުންގެ އިއްތިފާޤުން ވަނީ ތާއީދުކޮށްފައި އެވެ.

މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީގެ މުޤަައްރިރުކަން ވެސް ކުރައްވާފައި ވަނީ ސަލީމް އެވެ. މީގެ އިތުރުން ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ނައިބު މުޤައްރިރަކަށް ހަމަޖެއްސެވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް