Article Top
ޚަބަރު •

މަހުދީ އަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މަހުދީ އަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވައިފި

އިޓަލީ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު މަހުދީ އަށް އެރުވުމުގެ ތެރެއިން.

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗު އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނަށް އިޓަލީގެ އެންމެ ޝަރަފު އަރުވައިފި އެވެ.

މަހުދީ އަށް އެ ޝަރަފު އަރުވާފައި ވަނީ ބުދަ ދުވަހުގެ ރޭ ބާސެލޯގައި އޮތް ރަސްމިއްޔާތެއްގައި އެވެ. އެއީ ރާއްޖެ އާއި އިޓަލީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަ ކުރުމާއި، އިޓަލީގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާ އެކެވެ.

އެ ޖަލްސާގައި އިޓަލީ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ބައިވެރިވެ ވަޑައިގެންނެެވި އެވެ. އެ ޖަލްސާގައި ވަނީ މަހުދީ އަށް "ގޯލްޑް މެޑަލް ފޯ ސިލްވާ ވެލާ" އަރުވައިފަ އެވެ.

މަހުދީ ނިޔާވީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މޭ 16 ވަނަ ދުވަހު އެވެ.

ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ މަހުދީ ނިޔާވީ، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.

ޖުމުލަ ހަ މީހުންގެ ފުރާނަ ގެއްލުނު މި ހާދިސާގައި މަރުވި ފަސް ފަތުރުވެރިންގެ ހަށިގަނޑު ފަހުން ވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ނަގާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް