Article Top
ޚަބަރު •

ވެށިފަހި މާލެ ޕްރޮގްރާމްގެ 48 ބިމެއް ގަތުމުގެ ފުރުސަތު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވެށިފަހި މާލެ ޕްރޮގްރާމްގެ 48 ބިމެއް ގަތުމުގެ ފުރުސަތު

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް.

2011 ވަނަ އަހަރު ހިންގި "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން މާލެ އާއި ވިލިނގިލިން ޖުމްލަ 48 ބިމެއް ގަތުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތް ތަކަށެވެ.

ވިއްކުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތަފުސީލު:

  • ޖުމްލަ ބިމުގެ އަދަދު: 48 ބިން

  • ވިއްކާ އަގު: އަކަފޫޓަކަށް 2,000 ރުފިޔާ

އަވަށްތަކަށް ބަލާއިރު ބިންތައް ބެހިފައިވާ ގޮތް:

  • މާފަންނު: 21 ބިން

  • މައްޗަންގޯޅި: 10 ބިން

  • ގަލޮޅު: 7 ބިން

  • ހެންވޭރު: 9 ބިން

  • ވިލިނގިލި: 1 ބިން

މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 2021 ޖޫން 28 ގައި ގެޒެޓު ކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" ގެ ދަށުން ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމާއި، ބޭނުންވާ ލިޔެކިޔުންތަކާއެކު 02026 ޑިސެމްބަރު 8 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އަށް ހުށަހަޅަންޖެހޭ ކަމަށް ވެސް ވަނީ ބުނެފައި އެވެ.

މީގެ އިތުރުން އެޕްލިކޭޝަން ފޯމާއި، ވިއްކާ ބިންތަކުގެ ޗާޓު 2026 ނޮވެމްބަރު 8 އިން ފެށިގެން މިނިސްޓްރީގެ ރިސެޕްޝަނުންނާއި، ރަސްމީ ވެބްސައިޓުން (infrastructure.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް