އައިޔޫއެމްގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
ލިޔުންތެރިޔާ
އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފި އެވެ.
އައިޔޫއެމް އިން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް ފުރަތަމަ ދަންފަޅީގައި ޖުމުލަ 98 ދަރިވަރަކު ވަނީ ދަސްވެނިވެފައި އެވެ. އެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، މަތީ ވަނަތައް ހާސިލު ކޮށްފައިވާ 9 ދަރިވަރަކަށް އެވޯޑު ހަވާލު ކޮށްދެއްވައިފަ އެވެ.
އައިޔޫއެމްެގެ މިއަހަރުގެ ދަަސްވެނިވުން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ދެ ދަންފަޅި އަކަށް ބަހާލައިގެންނެވެ. އެގޮތުން ދެ ދަންފަޅީގައި އެކި އެކި ކޯސްތަކުން ދަރިވަރުން ދަސްވެނިވާއިރު، ޖުމުލަ 542 ދަރިވަރަކު ދަސްވެނިވާނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ސެޓްފިކެޓު ލެވަލްގެ ކޯސްތަކުން 322 ދަރިވަރުން.
ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން 14 ދަރިވަރުން.
ބެޗްލާސް ޑިގްރީ ކޯސްތަކުން 69 ދަރިވަރުން.
ޕޯސްޓް ގްރެޖުއޭޓް 5 ދަރިވަރުން.
މާސްޓާސް ކޯސްތައް ފުރިހަމަ ކުރި 132 ދަރިވަރުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް