Article Top
ޚަބަރު •

65 އަހަރުވުމަށް ފަހު ވެސް، ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖު ކިޔޫ އަށް އެރޭނެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

65 އަހަރުވުމަށް ފަހު ވެސް، ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖު ކިޔޫ އަށް އެރޭނެ

ހައްޖުވެރިންތަކެއް.

އުމުރުން 65 އަހަރުވުމަށް ފަހު ވެސް، ރިޓަޔަމަންޓް ސޭވިންސް އެކައުންޓުގައި ހުންނަ ފައިސާ ހައްޖުވުމަށް ބޭނުން ކުރެވޭ ގޮތަށް ޤަވާއިދަށް އަމަލު ކުރަން ފަށައިފި އެވެ.

ޕެންޝަންއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވާލަން ޖެހޭ ޤަވާއިދަށް އަމަލު ކުރަން ފަށާފައިވާއިރު، މީގެ ކުރިން އޮތީ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކާއި، ހައްޖުގެ ޖާގަ ކަށަވަރުވާއިރު 65 އަހަރުވެފައިވާ ފަރާތްތަކަށް ހައްޖަށް ދިޔުމަށް ޖާގަ ހޯދުމުގައި ރިޓަޔަމަންޓް ސޭވިންސް އެކައުންޓުގައި ހުންނަ ފައިސާ ބޭނުން ކުރެވޭ ގޮތަކަށް ނޫނެވެ.

އަލަށް މި ގެނެވުނު އިސްލާހާ އެކު، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބިގެންދާނެ އެވެ. އެހެންކަމުން 65 އަހަރުވުމުގެ ސަބަބުން ހައްޖަށް ދިޔުމަށް ޖާގަ ރިޒާވް ނުކުރެވިފައި ތިބި ފަރާތްތަކާއި، ޖާގަ ކަށަވަރުވާއިރު 65 އަހަރު ވެފައިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.

ޕެންޝަން އޮފީހުން ބުނެފައި ވަނީ، އެ އުސޫލުމުގެ ދަށުން ހައްޖަށް ދިޔުމަށް ޖާގަ ރިޒާވް ކުރުމުގައި ވަކި ޝަރުތު ތަކެއް ހަމަވާން ޖެހޭނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ފަރުޟު ހައްޖެއް އަދާކޮށްފައި ނުވާ މީހަކަށް ވާން ޖެހޭއިރު، އެ މީހެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުންނަން ޖެހޭނެ އެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނު ކޮށްފައިވާ ފަރާތެއް ކަމަށް ވާ ނަމަ، ޝަރުތު ހަމަވާނީ އެ އަދަދު އުނި ކުރުމަށް ފަހު ވެސް 336.000 ރުފިޔާ ހުންނަ މީހުންގެ އެވެ. މިއާއެކު، ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަށް އަގުގެ 20 އިންސައްތަ ދެއްކުމަށް ފަހު، ބާކީ ބަައި ދެއްކުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން އެ ފުރުސަތު ކުރިއަށްދާނެ ކަަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް