Article Top
ޚަބަރު •

މި މަހުގެ 19 އަށް ބަޖެޓު ދިރާސާކޮށް ނިންމަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މި މަހުގެ 19 އަށް ބަޖެޓު ދިރާސާކޮށް ނިންމަނީ

މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މި މަހުގެ 19 އަށް ނިންމަން ފާސްކޮށްފި އެވެ.

ބުރާސްފަތި ދުވަހު އޮތް ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި އެހެން ނިންމާފައި ވަނީ، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން އިއްތިފާގުންނެވެ. އެ މުއްދަތަށް ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ނިންމަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު (މަންޑޭ) އެވެ.

ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލިއްޔަތު ކޮމެޓީ އާއި، އިޤްތިޞާދީ ކޮމެޓީ އެއްކޮށްލައިގެންނެވެ. މިއަހަރު ވެސް ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މުޤައްރިރަކަށް ހަމަޖައްސަވާފައި ވަނީ އޭދަފުށީގެ ދާއިރާގެ މެމްބަަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ކަނޑަ އެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް