Article Top
ޚަބަރު •

ބިޒްނަސް ފޯރަމްގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިވާނެ: ޕާކިސްތާންގެ ބޮޑު ވަޒީރުގެ ނައިބު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބިޒްނަސް ފޯރަމްގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިވާނެ: ޕާކިސްތާންގެ ބޮޑު ވަޒީރުގެ ނައިބު

ޕާކިސްތާންގެ ބޮޑު ވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ރައީސް މުޢިއްޒުއާ ބައްދަލު ކުރެއްވުމުގެ ތެރެއިން.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބާއްވާ ބިޒްނަސް ފޯރަމްގެ ސަބަބުން ދިވެހިރާއްޖެ އާއި ޕާކިސްތާންގެ ވިޔަފާރީގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރުގެ ނައިބު އިސްހާގް ދާރް ވިދާޅުވެއްޖެ އެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓަރުގެ މަޤާމު ވެސް އަދާކުރައްވަމުން އަންނަ ދާރް މިހެން ވިދާޅުވީ، ބުދަ ދުވަހު ރައީސް މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައި އެވެ. އެ ޒިޔާރަތުގައި ދާރް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދާރް ވަނީ ދެ ޤައުމުގެ ދެ މެދުގައި ގުޅުން ބަދަހި ކުރެވޭނެ ދާއިރާތައް ވެސް ފާހަގަ ކުރައްވައިފަ އެވެ.

Advertisement
Article Inside

https://veekanonline.com/story/21-10-2026-1051-pakistan-ge-foreign-minister-raees-muizzu-aa-bahdhalu-kurahvaifi

މީގެ އިތުރުން ޕާކިސްތާންގެ ބޮޑު ވަޒީރުގެ ނައިބު ވިދާޅުވީ އިންވެސްޓްމަންޓާއި، ވިޔަފާރީގެ އިތުރުން، ތައުލީމު އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތާއި ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެ އާއި ޕާކިސްތާންގެ ގުޅުން ބަދަހި ކުރުމަށް ޝައުޤުވެރިވެ ވަޑައިގަަންނަވާ ކަމަށެވެ. ހަމައެހެންމެ، މިދަތުރުފުޅުގެ ތެރެއިން ބާއްވާ ބިޒްނަސް ފޯރަމް އާއެކު، ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމާއި، ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މިބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ދެކަނބަލުން ޕާކިސްތާން އަށް ވަޑައިގެންނެވުމުން އެ ޤައުމުން ދެންނެވި ހޫނު މަރުޙަބާ އާއި މެހުމާންދާރީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް