Article Top
ޚަބަރު •

ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ށ.ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން -ފޮޓޯ/ ސޯޝަލް މީޑިއާ

ށ.ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯމް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މީޑިއާ ތަކަށް ބުނެފައި ވަނީ ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލާތު ލިބިފައިވާ ކަމަށާއި، ނޮދަން އޭރިޔާގެ ސިފައިން މިހާރު ދަނީ އެ ރަށަށް ދަތުރު ކުރަމުން ކަމަށެވެ. އެއާއެކު އެމްއެންޑީއެފް އިން ބުނީ އެއާޕޯޓުގެ ފަޔާ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement
Article Inside

ނަމަވެސް، މި ޝެޑުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވެ އެވެ. ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ފޮޓޯ އާއި ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެ ޝެޑުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައި އެވެ. އަދި އަލިފާން ރޯވެފައިވާ ސަރަހައްދުން ކަޅު ދުންތައް ވަރަށް ގަދަޔަށް އަރާ މަންޒަރު ވެސް ފެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް