Article Top
ޚަބަރު •

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި

ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލަނީ ---

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

Advertisement
Article Inside

އެ މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީއާކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް "ވީކަން"އަށް އެނގިފައިވާ ގޮތުން އެ މީހާއަކީ އެ ރަށު ސްކޫލުގައި ހިސާބު ކިޔަވައިދެމުން އަންނަ ބިދޭސީ ޓީޗަރެކެވެ. އޭނާ ޖިންސީ ގޯނާކޮށްފައިވަނީ އޭނާ ކިޔަވައިދޭ ކުލާހު ދަރިވަރަކަށެވެ

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނެއް މައްސަލައަކީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ފުލުހުން ބުނި ގޮތުގައިމި މައްސަލަ ހުށަހެޅީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވަނީ ވެސް ބިދޭސީ ޓީޗަރެކެވެ. އޭނާ އަކީ އެ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ ވެސް ޖިންސީ ގޯނާ ކޮށްފައިވަނީ އޭނާ ކިޔަވައިދޭ ކުލާހު ދަރިވަރަކަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް