Article Top
ކުޅިވަރު •

ކަކާ ކޯޗުގެ ބެލުމުގެ ދަށުން 17 އަހަރުން ދަށުގެ ޓީމު ކޮލިފައިން އަށް ތައްޔާރުވަނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ކަކާ ކޯޗުގެ ބެލުމުގެ ދަށުން 17 އަހަރުން ދަށުގެ ޓީމު ކޮލިފައިން އަށް ތައްޔާރުވަނީ

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ)، ޓީމުގެ ޓްރެއިިނިންގެ ތެރެއިން. -- ފޮޓޯ/އަދަދު ސްޕޯޓްސް-އިމޭޖަސް.އެމްވީ

ކޯޗު އިބްރާހިމް ސައީދު (ކަކާ) ގެ އިރުޝާދުގެ ދަށުން، 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އަންނަ މަހު ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވަމުން އެބަދެއެވެ.

މީގެ ކުރިން އުމުރުފުރާ ގައުމީ ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެނުނު ކަކާ، މިހާރު ހުރީ 17 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ މަގާމުގަ އެވެ. މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ލިބުނު އެންމެ ބޮޑު ފުރުސަތެވެ.

Advertisement
Article Inside

ތައިލެންޑްގެ ބުރިރާމްގައި އަންނަ މަހުގެ 8 އިން 20 އަށް ކުރިއަށްދާ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ސެޕްޓެމްބަރު 11 އިން ފެށިގެން ޓީމުގެ ފަރިތަކުރުންތައް އަންނަނީ ބާއްވަމުންނެވެ. ކަކާގެ ބެލުމުގެ ދަށުން ޒުވާން ޓީމުން ވަނީ ގިނަ ޕްރެކްޓިސް މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މެޗު، އަދި އޮޑި ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް، ބިސް ބުރުގެ އިތުރުން 20 އަހަރުން ދަށުގެ ގައުމީ ޓީމާ އެކުވެސް މެޗުތަކެއް ކުޅެ ވަނީ ލޯކަލް ތަޖުރިބާ ކުޅުންތެރިންނަށް ހޯދައިދީފަ އެވެ.

ހަމައެއާއެކު ކޮލިފައިންއަށް ތައްޔާރުވަމުން އަންނަ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ވެސް ވަނީ ރާއްޖޭގައި ކޭމްޕް ކުރުމަށް ހަމަޖެހިފަ އެވެ. މި ކޭމްޕްގައި ރާއްޖެ އާއި ފަލަސްތީނު ޓީމާ ދެމެދު ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ވަރުގަދަ ގްރޫޕެއްގައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 8 ވަނަ ދުވަހު ނުކުންނާނީ ޗައިނީސް ޓައިޕޭއާ ދެކޮޅަށެވެ. އޭގެ ފަހުން 11 ވަނަ ދުވަހު ހޮންގް ކޮންގްއާ، 14 ވަނަ ދުވަހު މުބާރާތް ބާއްވާ ތައިލެންޑާ، އަދި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ގައި ބައްދަލުކުރާނީ އިރާގާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް