Article Top
ޚަބަރު •

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ

2025 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ، އެ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާއިރު، އެމަނިކުފާނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement
Article Inside

މީގެ އިތުރުން ރައީސް އޮފީހުން ބުނެފައި ވަނީ، އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިނާމު ދެއްވުން އޮންނާނެ ކަމަށެވެ. ޚާއްސަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

މި އިނާމު ލިބޭ ފަރާތްތައް ހޮއްވަނީ، އެކަމަށްޓަކައި ރައީސް އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާ ބެހޭ ކޮމިޓީ އިންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް ދެއްވާނެ އެވެ. މިއީ، 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސް ދެއްވާ އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނަ އަދި ހަނދާނީ ލިޔުމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް