Article Top
ޚަބަރު •

ނެޝަނަލް ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމް ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނެޝަނަލް ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމް ފަށައިފި

އެމްޓީސީސީގެ ޓީމަށް ކުރިއަށް ގެންދިޔަ ނެޝަނަލް ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްގެ ތެރެއިން.

މަގުމަތީގެ ސަލާމަތާއިި ރައްކާތެރިކަމާ ގުޅޭ، ނެޝަނަލް ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމް ފަށައިފި އެވެ.

މި ޕްރޮގްރާމް އަކީ މަގުމަތީގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރިކުރުވުމާއި، މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާއި އޭގެ ސަބަބުން ލިބޭ އަނިޔާތަކާއި ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމް އެކެވެ.

Advertisement
Article Inside

މި ޕްރޮގްރާމްގެ ދަށުން، ފުރަތަމަ ހޭލުންތެރި ކުރުވުމުގެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޓީމަށެވެ. މިއީ މަގުމަތީގެ ރައްކާތެރިކަމުގެ ސަގާފަތް ހަރުދަނާކޮށް، އެންމެހާ ފަރާތްތަކަށް އަމާން މަގުތަކެއް ޤާއިމު ކުރުމަށް އެޅުނު މުހިންމު ފުރަތަމަ ފިޔަވަޅެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމް، ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު އިދާރާތަކާއި، ކުންފުނިތަކަށް ވެސް އޮންނާނެ އެވެ. މި ޕްރޮގްރާމްގެ މަޤުސަދަކީ އެކި އެކި އިދާރާ ތަކުގެ މުވައްޒަފުން މިކަމަށް ހޭލުންތެރި ކުރުވުމެވެ. އަދި އެކަމުގެ ސަބަބުން، މަގުމަތީގެ ރައްކާތެރިކަން އިތުރު ކުރެވި، އެކްސިޑެންޓުތައް މަދުކުރުމަކީ އަމާޒެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް