Article Top
ޚަބަރު •

ސްޓެލްކޯގެ އެމްޑީ އަޒުވަރު، އައްޑޫ ސިޓީ ކައުންސިލްއާ ބައްދަލު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސްޓެލްކޯގެ އެމްޑީ އަޒުވަރު، އައްޑޫ ސިޓީ ކައުންސިލްއާ ބައްދަލު ކުރައްވައިފި

ސްޓެލްކޯގެ އެމްޑީ އަޒުވަރު އާއި އައްޑޫ ސިޓީ ކަައުންސިލް ބޭއްވި ބައްދަލުވުމުގެ ތެރެއިން.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު، އައްޑޫ ސިޓީ ކައުންސިލްއާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ ސްޓެލްކޯގެ އެމްޑީ އަޒުވަރު މިހާރު އައްޑޫ ސިޓީގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން އަޒުވަރު އާއި އެ ކުންފުނީގެ އިސްވެރިން މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބުރާސްފަތި ދުވަހު ވަނީ އައްޑޫ ސިޓީ ކައުންސިލްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު އާއި އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ވަނީ އައްޑޫ ސިޓީގައި ސްޓެލްކޯގެ ފަރާތުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަޝްއުތަކާ ގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އަޒުވަރު ވަނީ އެ ސިޓީގެ ހިތަދޫ އަށް ވަޑައިގެންފައި އެވެ. އެ ދަތުރުފުޅުގައި އަޒުވަރު އާއި ސްޓެލްކޯގެ އިސްވެރިން ވަނީ ހިތަދޫ އޮފީހަށާއި ސެންޓްރަލް ޕަވާ ސްޓޭޝަނަށް ޒިޔާރަތް ކުރައްވައި، އެ ތަންތަނުގެ އޮޕަރޭޝަންތަކާއި ޚިދުމަތްތައް ދެމުންދާ ގޮތް ގާތުން ބައްލަވާ ލައްވާފައި އެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލު ކުރައްވައި، މަސައްކަތުގެ މާހައުލާއި ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް