ނަޞްރުގެ ދުވަހުގެ ތައްޔާރީތަކަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް
ލިޔުންތެރިޔާ
ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް މީގެ ކުރިން ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްޓަކައި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ތަކެއް ގެނެސްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ 2026 އޮކްޓޫބަރު 31 އިން، 2026 ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި ބަދަލުގެ ސަބަބުން ދަތުރު ފަތުރު ކުރާ ފަރާތްތަކަށާއި، އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދު ވެސް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް