ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ޝަމީމް އައްޔަން ކުރައްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް އައްޔަން ކުރެއްވި އަލްއުސްތާޛް އާދަމް ޝަމީމް.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް، އަލްއުސްތާޛް އާދަމް ޝަމީމް އައްޔަން ކުރައްވައިފި އެވެ.
ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަ ކޮށްފައިވާ ގޮތުގައި، އެ މަޤާމަށް ޝަމީމް އައްޔަން ކުރައްވާފައި ވަނީ އާދީއްތަ ދުވަހު އެވެ. ދ.މާއެނބުދޫ، މަލާޒް، އާދަމް ޝަމީމް އަކީ ރާއްޖޭގެ ޤާނޫނީ ދާއިރާާގައި ފާހަގަކޮށްލެވޭ ޤާނޫނީ ވަކީލެކެވެ. މި މަޤާމަށް ޝަމީމް އައްޔަން ކުރައްވާފައި ވަނީ، އެ މަޤާމަށް ކުރިމަތިލެއްވި ފަރާތް ތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިޔުކޮށް އަދި އެންމެ މަތިން މާކްސް ހޯދާފައިވާތީ އެވެ.
މީގެ ކުރިން ޝަމީމް ވަނީ ރާއްޖޭގެ ގިނަ ކޯޓު ތަކެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ޤާނޫނީ ދާއިރާގައި ގިނަ ދުވަސް ތަކެއް ވަންދެން ޝަމީމް މަސައްކަތް ކުރައްވާފައިވާއިރު، ޝަމީމް އަކީ މި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
މި މަޤާމަށް ޝަމީމް އައްޔަން ކުރައްވާފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އަލްއުސްތާޛް އަމްޖަދު މުސްތަފާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ އަށް ވަނަ ދުވަހު ހުޅުވާލިއިރު، އެ ފުރުސަތު ހަމަވެފައި ވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ، ޝަމީމް ހިމެނޭހެން، ޖުމުލަ 10 ފަރާތަކުން ވަނީ މި މަޤާމަަށް ކުރިމަތިލައްވައިފަ އެވެ.
ޗީފް ޖުޑީޝަން އެޑްމިނިސްޓްރޭޓަރގެ މައިގަނޑު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޝަރުއީ ކޯޓު ތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގެ އިތުރުން، އިދާރީ ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް