Article Top
ކުޅިވަރު •

ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފި

ފުޓްސަލް ޓީމު ފުރުމުގެ ކުރިން -- ފޮޓޯ/އެފްއޭއެމް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މިއަދު ފުރައިފި އެވެ.

މިއީ މި އަހަރުގެ ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ސައްތައިން ސައްތަ ރެކޯޑަކާ އެކު ކާމިޔާބުކުރި ފަހުން، ގައުމީ ޓީމު ކުޅޭނެ ފުރަތަމަ ބައިނަލްއަގުވާމީ މެޗުތަކެވެ.

މި މުބާރާތަށް ޓީމު ތައްޔާރުވުމުގެ ގޮތުން މާލޭގައި ކުރިއަށްދިޔަ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އެސިސްޓެންޓް ކޯޗުން ކަމަށްވާ މުހައްމަދު ފުހެއިދު (ޓޯޑް) އާއި އަޙްމަދު ނިޔާޒް (ނިޔާ) ގެ ބެލުމުގެ ދަށުންނެވެ. ގައުމީ ޓީމުގެ ހެޑް ކޯޗު ފާރޫކް ޒަކީރޯވް ޓީމާ ގުޅުމަށް ހަމަޖެހިފައިވަނީ ސީދާ ޗައިނާއިންނެވެ.

14 ކުޅުންތެރިންގެ ގައުމީ ސްކޮޑް: މުހައްމަދު އިމްރާން (އިންމި)، އިޝާން އިބްރާހިމް (ސައްޓު)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ)، ޒައިދާން އަހުމަދު (އަސޫ)، އަލީ ޝިޔާހު (ޝިޔަޅޭ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، އަލީ ޝަމާލް އަބްދުﷲ (ޝަންމު)،  ސާމިން މުހައްމަދު ނަސީރު (ސާންކޮ)، މުހައްމަދު ސާދު ނިޒާރު، ފައްޔާޒް ފަޔާޒް (ފައިއްޓެ)، ޝަނާން ރަޝާދު، އިސްމާއިލް ވަޖީހު (ވައްޖެ)، ހުސެއިން ސުހެއިލް (ސޮކޭ).

ސާފް ސަރަހައްދުގެ މުބާރާތަށްފަހު، މިފަހަރު ރާއްޖެއިން ނުކުންނަނީ މާ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށެވެ.

ޝެޑިއުލް:

  • ނޮވެމްބަރު 5: ދެކުނު ކޮރެއާ - ދިވެހިރާއްޖެ

  • ނޮވެމްބަރު 7: ހޮންގް ކޮންގް - ދިވެހިރާއްޖެ

  • ނޮވެމްބަރު 9: ޗައިނާ - ދިވެހިރާއްޖެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް