Article Top
ކުޅިވަރު •

ޔޫތު އޮލިމްޕިކްސް: 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ލޫތު ވާދަކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޔޫތު އޮލިމްޕިކްސް: 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ލޫތު ވާދަކޮށްފި

މިއަދުގެ އިވެންޓްގައި ލޫތު -- ފޮޓޯ/އެމްއޯސީ

ސެނެގޯލްގެ ޑަކާރުގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ ފެތުމުގެ ފިރިހެން 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ރާއްޖޭގެ އުއްމީދީ ފެތުންތެރިޔާ ލޫތު މުހައްމަދު ހުސެއިން މިއަދު ވާދަކޮށްފި އެވެ.

ޑާކާ އެކުއެޓިކްސް ސެންޓަރުގައި ކުރިއަށްދިޔަ މި އިވެންޓުގެ ހީޓު އެކެއްގައި ވާދަކޮށް، ލޫތު ރޭސް ނިންމާފައި ވަނީ 2 މިނެޓު 43.86 ސިކުންތުންނެވެ. މި ހީޓުގެ 6 ވަނަ ލޫތަށް ލިބުނުއިރު، 2 މިނެޓު 14 ސިކުންތުން ރޭސް ނިންމައިގެން ހީޓުގެ އެއްވަނަ ހޯދީ ލިތުއޭނިއާގެ ޑޯމަސް ވިލިމާސް އެވެ.

ފިރިހެން 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު މިހާރުވެސް އޮތީ ލޫތު އަތުގަ އެވެ. އެއީ މިދިޔަ އަހަރު ބަހްރެއިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައި 2 މިނެޓު 41.02 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.

މުބާރާތުގައި ލޫތު ވާދަކުރާ ދެވަނަ އިވެންޓު ކަމަށްވާ 100 މީޓަރު ފިރިހެން ބްރެސްޓްސްޓްރޯކް އިވެންޓު އޮންނާނީ މާދަމާ އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޔޫތު އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވަނީ ހަމައެކަނި ސްވިމިންގަ އެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ލޫތުގެ އިތުރުން އާމްނާ ތަޒްކިޔާ މިރުސާދެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް