ބްރޭކިން: ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ކުރީގެ ފޮރިން މިނިސްޓަރު އަބްދުٱللَّٰه ޝާހިދު ހައްޔަރުކޮށްފިއެވެ.
ޝާހިދު ހައްޔަރު ކޮށްފައިވާކަން “ވީކަން”އަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ކަށަވަރު ކޮށްދެއްވާފައި އެވެ. ޝާހިދު ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި، ހުޅުމާލޭގައި އޭނާ ދިރިއުޅުއްވަމުން އަންނަ ފްލެޓުންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝާހިދު ހައްޔަރު ކޮށްފައި ވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްގައި އެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.
ޝާހިދު އަކީ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި، އެކަމުގެ ކެމްޕެއިން ވެސް ކުރަމުން އަންނަ މީހެކެވެ. އޭނާ ވަނީ އެމްޑީޕީގެ ރައީސްކަމުގެ އިތުރުން، ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމު ވެސް ޝާހިދު ވަނީ އަދާ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް