ޚަބަރު •

ރަސްމާލެ މަޝްރޫއު ނިމުމުން ދިރިއުޅުމުގެ ފެންވަރު މަތިވާނެ: ރައީސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރަސްމާލެ މަޝްރޫއު ނިމުމުން ދިރިއުޅުމުގެ ފެންވަރު މަތިވާނެ: ރައީސް

ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ ---

ރަސްމާލެ މަޝްރޫއު ނިމުމުން ދިރިއުޅުމުގެ ފެންވަރު މަތިވާނެކަމަށް ރައީސުލުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ރޭ ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ އަތަށް ގޮތުން ފައިދާކުރާނެ މަޝްރޫއެއްކަމަށެވެ.

އެ މެޝްރޫއުގެ ސަބަބުން ގައުމަށް ފައިދާ ކުރާނީ ހަމައެކަނި އިގްތިސާދީ ގޮތުން ނޫންކަމަށާއި، އިޖުތިމާއީ ގޮތުންނާއި އުމްރާނީ ގޮތުން ވެސް ގައުމަށް އެ މަޝްރޫއުގެ ފައިދާ ކުރާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވެސް މަތިކޮށްދޭނެ މަޝްރޫއެއްކަމަށެވެ.

ރަސްމާލެއަކީ ރާއްޖޭގެ އެންމެ ބިންބޮޑު ރަށްކަމަށާއި، އެ މަޝްރޫއު ފެށިގެން އެކިކަަހަލަ އނދަގޫތައް ކުރިމަތިވިކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ އުދަގޫތަކަކީ އެ މަޝްރޫއު ބޮޑުވުމުން ކުރިމަތިވި ކަންކަންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ނިންމޭނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭކަމަށެވެ. މިހާރު ވެސް ބިން ހިއްކުމުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އީގަލް ހިލްސްއާއެކު ރަސްމާލޭގައި ކުރަން ހަމަޖެހިފައިވާ އިންވެސްޓުމަންޓަށް އަލި އަޅުވައިލަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވެވުނު އެއްބަސްވުމުގައި ގާނޫނާ ހިލާފު ނުވަތަ ގާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވިސްނުމުގައި ތަސައްވަރު އޮޅޭގޮތަށް ރަސްމާލެއާ ގުޅޭގޮތުން ވާހަކަދައްކަނީ ރައްޔިތުންނަށް ފައިދާވާ މިފަދަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް ގެނައުމުން ހުރަސްއަޅަންކަމަށެވެ.

ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރަށް އީގަލް ހިލްސް މަޝްރޫޢުއާއެކު އެއްވެސް ބަދަލެއް ނާންނަކަމަށާއި، މިއީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމައަށް ހާސިލުވާނެ މަޝްރޫއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް