ފަލާހު ޕްރީސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރައީސް ޑރ، މުއިއްޒު ފަލާހު ޕްރީސްކޫލުގެ ރަންޔޫބީލު ފާހަގަކުރުމުގެ ޖަލްސާގައި -- ފޮޓޯ/ ރައީސް އޮފީސް
ފަލާލހު ޕްރީސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި، މިއަދު ހަވީރު އޮތް މި ޖަލްސާގައި އެމަނިކުފާނު ވަނީ، އެ ސުކޫލުގެ ވެބްސައިޓް ވެސް އިފްތިތާހުކޮށްދެއްވައިފައެވެ.
މީގެ އިތުރުން އެ ސުކޫލަށް 10 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެ ސްކޫލުން ދިން ހަނދާނީ ފިލާ، ވެސް އެ. ފަރާތްތަކަށް އަރުވައިފައި ވަނީ ރައީސް ޑރ، މުއިއްޒު އެވެ.
އަދި ފަލާހު ޕްރީސްކޫލުގެ ރަންޔޫބީލް ލޯގޯ ފަރުމާ ކޮށްދިން ފަރާތަށް ހަނދާނީ ލިޔުން އެރުވުން ވެސް މިއަދުގެ ޖަލްސާގައި އޮތެވެ.
ފަލާހު ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް، ރައީސަށް ވަނީ އަރުވާފަ އެވެ. ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލާ، އެމަނިކުފާނަށް އެރުވީ، އެ ސްކޫލްގެ ޗީފް އެގްޒެކެޓިވް އަބްދުއްސައްތާރު އަބޫބަކުރެވެ.
މިއަދުގެ ޖަލްސާގައި، ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ފަލާހު ޕްރީސްކޫލްގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ތައުލީމީ ދާއިރާގެ ހިދުމަތްތެރީން ބައިވެރިވެވަޑައިގަތެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާހުން 1976ގައި އުފެއްދި މި މުއައްސަސާ އެންމެ ފުރަތަމަ ހުޅުވިގެންދިޔައީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި 'މަދްރަސަތުލް ފަލާހު' ގެ ނަމުގަ އެވެ. 2001 ވަނަ އަހަރު ތުއްތު ކުދިންގެ ތައުލީމީ ގްރޭޑްތައް ތައާރަފުކުރުމަށްފަހު، މިތަނުގެ ނަން ވަނީ 'ފަލާހު ޕްރީސްކޫލް' ގެ ނަމަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް