Article Top
ޚަބަރު •

ހައްޔަރު ކުރި މައްސަލަ ޝާހިދުގެ ފަރާތުން ހައި ކޯޓަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހައްޔަރު ކުރި މައްސަލަ ޝާހިދުގެ ފަރާތުން ހައި ކޯޓަށް

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު.

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރު ކުރި މައްސަލަ، އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޝާހިދު ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެވެ. އެއަށް ފަހު ފުލުހުން ބުނީ ޝާހިދު ހައްޔަރު ކުރީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެވެ. އެ މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ހައި ކޯޓުގައި ވެބްސައިޓުގައި ފެންނަން އޮތް ގޮތުގައި، ބުދަ ދުވަހު ޝާހިދުގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަ ބަލައި ގަތުމާ މެދު މިހާތަނަށް ވަކި ނިންމުމެއް ނިންމާފައި ނުވެ އެވެ.

ޝާހިދު ހައްޔަރު ކުރި މައްސަލައިގެ މައުލޫމާތު ފޮރިން މިނިސްޓްރީ އިން ވަނީ ބޭރުގެ އިދާރާތަކާ ވެސް ހިއްސާކޮށްފައި އެވެ. ފޮރިން މިނިސްޓްރީ އިން ވަނީ، ބޭރުގެ އެކި ޤައުމު ތަކުގެ ފޮރިން މިނިސްޓްރީ އާއި، ދިވެހިރާއްޖޭގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ އަށް އެ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައި އެވެ. ފޮރިން މިނިސްޓްރީ އިން ހިއްސާކުރި "އިންފޮމޭޝަން ނޯޓު" ގައި ބުނެފައި ވަނީ، ޝާހިދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

https://veekanonline.com/story/05-11-2026-1013-kureege-foreign-minister-shahid-hayyaru-kuri-mahsala-beyruge-idhaaraathakaa

ޝާހިދު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްވަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އޭނާ ފޮރިން މިނިސްޓަރުކަން ކުރެއްވި މުއްދަތުގައި ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އޭގެ ކުރިން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ވެސް ޝާހިދު ވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ.

އެމްޑީޕީގެ ވެރިކަމަށް ފަހު ޝާހިދު ވަނީ، އެ ޕާޓީގެ ރައީސްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. ޝާހިދު އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް