މައްކާއަށް ހޫތީން ހަމަލާއެއް ދޭން އުޅުނު މައްސަލަ ރައީސް މުއިއްޒު ކުއްވެރިކުރައްވައިފި
އަލީ އީމާން
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު
މައްކާގެ މުގައްދަސް ބިމަށް އަމާޒުކޮށް ހޫތީން ޑްރޯން ހަމަލާއެއް ދޭން އުޅުނު މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ބުދަދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނުގެ އެންމެ މުގައްދަސް ބިމުގެ ހުރަމަތް ކެޑިގެންދާ އެއްްވެެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މުޅި ދިވެހިރާއްޖެ އޮތީ ސައުދީ ސަރުކާރާއި އެކު ކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ހޫތީން ދިނުމަށް ރާވާއިފާވާ ހަމާލާއަކީ ހަމައެކަނި ސައުދީ އަށް ލިބޭ ނުތަނަވެސްކަމެއް ނޫން ކަމަށާއި އެއީ މުޅި އިސްލާމީ އުންމަތައް ލިބިގެންދިޔަ ނުތަނަވެސް ކަމެއް ކަމަށެވެ. އަދި މައްކާގައި ތިބި އެންމެހާ ރައްޔިތުންގެ ސަލާމަތައްޓަކައި ސައުދީ ރޯޔަލް އެއާ ޑިފެންސް ފޯސްއިން ދެއްކެވި ހުޝިޔާރުކުމަށް އަދި ދެއްވި އަވަސް އިޖާބައަށް އެމަނިކުފާނު ވަނީ ތައުރީފުކުރަށްވާފަ އެވެ.
ރައީސް މުއިއްޒު ވަނީ މިފަދަ ނުރައްކާތެރި ހަމަލާތައް ހުއްޓާލާ، މަސްރަހު އިތުރަށް ގޯސްނުކޮށް މަޝްވަރާގެ މަގު އިހުތިޔާރު ކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައިފަ އެވެ.
ޔަމަނަށްް ނިސްބަތްވާ ހަތިޔާރުއެޅި ހޫތީ ޖަމާއަތުން ސައުދީގެ މައްކާއާއި ދިމާލަށް ފޮނުވި ޑްރޯނެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ދިފާއުކޮށް ވައްޓާލައިފާވާކަމަށް އެ އިއްތިހާދުން ބުދަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. އަދި މި ޑްރޯން ވައްޓާލައިފާވަނީ މައްކާގެ މަނާ ސަރަހައްދަށް ވަނުމުގެ ކުރިން ކަމަށް ވަނީ ހާމަވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް