Article Top
ޚަބަރު •

2027 ވަނަ އަހަރު ރާއްޖެ އަށް ހިލޭ އެހީ އެންމެ ގިނައިން ދޭނީ އިންޑިއާ އާއި ސައުދީ އިން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

2027 ވަނަ އަހަރު ރާއްޖެ އަށް ހިލޭ އެހީ އެންމެ ގިނައިން ދޭނީ އިންޑިއާ އާއި ސައުދީ އިން

ބަޖެޓު ފޮތް.

ކުރިއަށް އޮތް އަހަރު ރާއްޖެ އަށް ހިލޭ އެހީ އެންމެ ގިނައިން ދޭނީ އިންޑިއާ އާއި ސައުދީ އަރަބިއްޔާ އިން ކަމަށް ލަފާ ކޮށްފި އެވެ.

2027 ވަަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ބުނެފައި ވަނީ، އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ޖުމުލަ ލިބޭނެ ކަމަށް ލަފާ ކުރެވެނީ 334.9 މިލިއަން ރުފިޔާ ކަމަށެވެ. މީގެ ތެރެއިން އެކުވެރި ޤައުމުތަކުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 55.4 މިލިއަން ރުފިޔާާ އެވެ.

އޭގެ ތެރޭގައި އެއީ އިންޑިއާ އިން ދޭނެ ކަމަށް ލަފާކޮށްފައިވާ 26.8 މިލިއަން ރުފިޔާ އާއި، ސައުދީ އިން ދޭނެ ކަމަށް ލަފާކޮށްފައިވާ 23.1 މިލިއަން ރުފިޔާ އެވެ. ހަމައެހެންމެ. އެކި ޤައުމުތައް އެކުލެވޭ ޖަމާއަތްތަކުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 235.8 މިލިއަން ރުފިޔާ އެވެ. އަދި އދ.ގެ ޖަމިއްޔާތަކުން ހިލޭ އެހީގެ ގޮތުގައި 38.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަކީ، މި ހިނގާ 2026 ވަނަ އަހަރަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ ކުޑަ އަދަދެކެވެ. މި ހިނގާ 2026 ވަނަ އަހަރު ވެސް ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ސައުދީ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް