ހުޅުމާލޭގައި މިރޭ ތިން މިނެޓަށް ހަވާ އަރުވަނީ
ލިޔުންތެރިޔާ
ހަވާ އެރުވުމުގެ ތެރެއިން.
ހުޅުމާލޭގައި މިރޭ ތިން މިނެޓަށް ހަވާ އަރުވާނެ ކަމަށް، އެމްއެންޑީއެފް އިން ބުނެފި އެވެ.
އެގޮތުން އެމްއެންޑީއެފް އިން ބުނީ މިރޭ 22:00 އާއި 23:30 އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 3 ގައި ވިޔަފާރި އުސޫލުން 3 މިނެޓަށް ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެކި އެކި މުނާސަބަތުތަކާ ގުޅުވައިގެން ރާއްޖޭގައި ވަރަށް ގިނައިން ހަވާ އަރުވަ އެވެ. އަދި ހަވާ އެރުވުމަކީ އެމްއެންޑީއެފް އިން ވިޔަފާރީގެ އުސޫލުން ކުރަމުން އަންނަ ކަމަކަށްވާއިރު، އެކި އެކި ދުވަސްތަކާއި، އެކި އެކި ޚާއްސަ ކަންތައްތަކާ ދިމާކޮށް ހަވާ އަރުވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް