މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެމްއެންޑީއެފް އިން ފެން ހިންދަނީ
ލިޔުންތެރިޔާ
މާލޭގެ މަގެއްގެ މަތީގައި ފެންބޮޑުވެފައި.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި ވާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ދަނީ ކުރަމުން ކަމަށެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހާ ހަަމައަށް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ ލަފާކޮށްފައި އެވެ. އަދި ބައެއް ހިސާބުތަަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ހުކުރު ދުވަހުން ފެށިގެން މާލެ އަށް ވެސް މޫސުން ގޯސްވެފައިވާއިރު، ހުކުރު ދުވަހާއި، ހޮނިހިރު ދުވަހު ވެސް މާލެ އަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް