ވޯލްޑް މީޑިއާ ސަމިޓު ހުޅުވައިފި
ލިޔުންތެރިޔާ
ވޯލްޑް މީޑިއާ ސަމިޓުގެ ތެރެއިން.
ވޯލްޑް މީޑިއާ ސަމިޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މިފަހަރުގެ ސަމިޓު ބާއްވަނީ ޗައިނާގެ ބެއިޖިންގައި އެވެ. ހަތް ވަނަ ވޯލްޑް މީޑިއާ ސަމިޓުގައި ދުނިޔޭގެ 112 ޤައުމަކާއި ސަރަހައްދުތަކުގެ މީޑިއާ ތަކާއި، ދިރާސާ ކުރާ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ފަރާތްތައް ވެސް ބައިވެރިވެ އެވެ. އެގޮތުން 500 އެއްހާ މަންދޫބުން މިފަހަރުގެ ސަމިޓުގައި ބައިވެރިވެ އެވެ.
މިފަހަރުގެ ސަމިޓު ކުރިއަށްދާނީ ނޮވެމްބަރު މަހުގެ ފަސް 5 ވަނަ ދުވަހުން ފެށިގެން، 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ނޫސްވެރިކަމުގެ މުސްތަޤުބަލާއި، ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އާ ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ސަމިޓުގައި ދިވެހިރާއްޖޭގެ ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ ޗެއާޕާސަން އާމިނަތު ނަމްޒާ ބައިވެރިވެ ވަޑައިގެންފައިވާއިރު، ނަމްޒާ ވަނީ މި ސަމިޓުގައި ވާހަކަ ވެސް ދައްކަވައިފަ އެވެ. މީގެ އިތުރުން ސަން ސިޔާމް މީޑިއާގެ ފަރާތުން ސީއީއޯ މުޙައްމަދު އާސިފް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް