ބައިގަރުނެއް ވަންދެން ޚިދުމަތް ކުރެއްވި ކުޅަދާނަ ދިވެހި މުދައްރިސް މޫސާ އަލީ ނިޔާވެއްޖެ
ލިޔުންތެރިޔާ
ދިވެހި ބަހުގެ މުދައްރިސް މޫސާ އަލީ އަށް، ރައީސް މައުމޫން އިނާމު ހަވާލު ކޮށްދެއްވަނީ.
ދިވެހި ބަހަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ކުޅަދާނަ ދިވެހި މުދައްރިސް މޫސާ އަލީ ނިޔާވެއްޖެ އެވެ.
49 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ މޫސާ އަލީ ނިޔާވެފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެވެ. މޫސާ އަލީ ނިޔާވުމާ ގުޅިގެން ދިވެހި ބަހުގެ ގިނަ ޚިދުމަތްތެރިންނާއި، އިސްވެރިން އަންނަނީ އެ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.
އުމުރުފުޅުން 16 އަހަރުގައި މޫސާ ވަނީ ވަނީ ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވައިފަ އެވެ. އެގޮތުން 1958 ވަނަ އަހަރުގެ ޖޫން 17 ވަނަ ދުވަހު މޫސާ ވަނީ ވަނީ ޙަމީދިއްޔާ ސްކޫލާ ގުޅިވަޑައިގެންފައި އެވެ. އޭގެ ފަހުން 1967 ވަނަ އަހަރުން ފެށިގެން އަމީނިއްޔާ ސްކޫލުގައި ވެސް ވަނީ ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވައިފަ އެވެ.
މޫސާ އަލީގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އޭނާ އަށް ވަނީ އާންމު ޚިދުމަތުގެ އިނާމު ވެސް އަރުވައިފަ އެވެ. މީގެ އިތުރުން ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމާއި، މިނިވަން 25 ގެ އިނާމު ވެސް މޫސާ އަލީ އަށް ވަނީ އަރުވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް