ރާއްޖޭގެ ޓްރޭޑްމާކް ނިޒާމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ސެޝަނެއް ބާއްވަނީ
ލިޔުންތެރިޔާ
ދިވެހި ސަގާފީ ހެދުން ވިއްކުމުގެ ވިޔަފާރި ކުރާ މީހަކު ހެދުންތަކާ އެކު.
ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕޯ) އާއި މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ހާއްސަ ކޮށްގެން ހޭލުންތެރި ކުރުވުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައި ވަނީ އެ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ރާއްޖޭގެ ޓްރޭޑްމާކް ނިޒާމަށާއި، ޓްރޭޑްމާކް ހިމާޔަތް ކުރުމާއި، ބްރޭންޑިންގެ ސަބަބުން ވިޔަފާރި ތަކަށް ކުރާނެ ފައިދާ ތަކުގެ މައްޗަށް ކަމަށެވެ.
މި ސެޝަންގައި ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ޝަރުތު ތަކާއި، އަމަލު ކުރަން ޖެހޭ އުސޫލުތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ. އަދި ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލެވޭނެ ކަމަށް ވަނީ ބުނެފައި އެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އިން ފެށިގެން، ހަވީރު 16:00 އަށެވެ. މިއީ އޮންލައިންކޮށް ވެސް، އަދި ހާޒިރުވެގެން ވެސް ބައިވެރިވެވޭ ސެޝަނެއް ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތު ދީފައިވެ އެވެ.
މި ސެޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހޭ ލިންކު: https://luma.com/jg6w5yur
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް