Article Top
ޚަބަރު •

ސަރުކާރުގެ ފަރާތުން މަޖިލީހަށް މުހިންމު 4 ބިލެއް ހުށަހަޅައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސަރުކާރުގެ ފަރާތުން މަޖިލީހަށް މުހިންމު 4 ބިލެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މުހިންމު 4 ބިލެެއް ހުށަހަޅައިފި އެވެ.

ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ މި ބިލުތައް ހިމަނައިފަ އެވެ.

އެއީ:

  1. ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލު.

  2. ވިލިމާލޭ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްގުގެ ބިލު.

  3. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ދާއޫދު ހުށަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު.

  4. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާން ހުށަހަޅުއްވާފައިވާ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު.

މި 4 ބިލުގެ ވެސް ފުރަތަމަ ކިޔުން އިއްވުމަށް މިއަދުގެ ޖަލްސާ އަށް ވަނީ ތާވަލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް