ރިއަލް އެސްޓޭޓްގެ ބިލު: ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް ރާއްޖޭގެ ރައްޔިތަކަށް ވުމުގެ އެއްވެސް ޙައްގެއް ނޯންނާނެ!
ލިޔުންތެރިޔާ
ރަސްމާލޭގައި ތަރައްޤީ ކުރާ ސަރަަހައްދުގެ ކުރެހުމެއް.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައިި، އެފަދަ ޒޯނަކުން ޕްރޮޕަޓީއެއް ގަންނަ އެއްވެސް ފަރާތަކަށް ރާއްޖޭގެ ރައްޔިތަކަށް ވުމުގެ ޙައްގެއް ނޯންނާނެ ކަމަށް ހިމަނައިފި އެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާން އެވެ.
އެ ބިލުގެ 89 ވަނަ މާއްދާގެ (މ) ގައި ބުނެފައި ވަނީ:
އިންޓެގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯނެއްގައިވާ ޕްރޮޕަޓީއެއް މި މާއްދާގައިވާ ގޮތުގެ މަތިން ގަތުމަކުން، އެ ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް ދިވެހިރާއްޖޭގެ ރައްޔިތަކަށް ވުމުގެ އެއްވެސް ޙައްޤެއް ލިބިގެން ނުވާ ކަމަށެވެ.
ރަސްމާލޭގައި ސަރުކާރުން ހިންގަން އުޅޭ މަޝްރޫއުއާ ގުޅުވައިގެން، އެ ސަރަހައްދުން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް ރާއްޖޭގެ ރައްޔިތުކަން ދޭން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރަތްތަކުން އަންނަނީ ގިނަ ވާހަކަ ތަކެއް ދައްކަމުންނެވެ. އެހެން ނަމަވެސް، ބިލުގައި ބަޔާން ކޮށްފައިވާ ގޮތުން، އެ ސަރަހައްދުން ޕްރޮޕަޓީ ގަންނަ އެއްވެސް ފަރާތަކަށް ރާއްޖޭގެ ރައްޔިތުކަން ހޯދުމުގެ އެއްވެސް ޙައްގެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް