ހުޅުމާލެ ވޯޓާ ތީމް ޕާކު ބަޔަކާ ހަވާލުކޮށްފި، އެތަން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ: ރައީސް
ލިޔުންތެރިޔާ
ހުޅުމާލެ ވޯޓާ ތީމް ޕާކު ---
ވީރާނާވަމުންދާ ހުޅުމާލޭ ވޯޓާ ތީމް ޕާކް މަޝްރޫޢު އަލުން ކުރިއަށްގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަޔަކާ ހަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެޗްޑީސީއިން މިހާރު އެ މަޝްރޫއު ނިންމުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށާއި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ދީފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަހަރެއް ނުވަތަ އެންމެ ލަސްވެގެން ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރުއު ނިންމާލެވޭނެކަމަށް އެޗްޑީސީއިން ލަފާކުރާކަމަށެވެ.
ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު މެލޭޝިއާގެ ކުންފުންޏަކާ ގުޅިގެން ކުރިއަށްގެންދަން ފެށި މަޝްރޫއުއެކެވެ
ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ ތީމް ޕާކް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިނަމަވެސް ބައެއް އިމާރާތްތަކަށް ބޭނުންވާ ސްޓްރަކްޗަރަލް މަސައްކަތް ފިޔަވާ އިތުރު މަސައްކަތެއް ކުރިއަށް ގޮސްފައި ނުވެއެވެ. އަދި މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މިއީ ހުޅުމާލޭ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް