ޚާރިޖީ ސިޔާސަތު އޮންނާނީ މިނިވަންކަން އަދި ޤައުމުގެ މަސްލަޙަތު ހިމާޔަތް ކުރާ ގޮތަށް: ފޮރިން މިނިސްޓަރު
ލިޔުންތެރިޔާ
އަހާ ފޯރަމްގައި ފޮރިން މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނާނީ ޤައުމުގެ މިނިވަންކަން އަދި ޤައުމުގެ މަސްލަޙަތު ހިމާޔަތް ކުރާ ގޮތަށް ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިރުތިޝާމް މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ ކުރިއަށް ދިޔަ މިނިސްޓަރުންގެ އަހާ ފޯރަމްގެ 11 ވަނަ ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، އަދި ތަންފީޒު ކުރައްވަމުން ގެންދަނީ ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ގޮތުގައި ކަމަށެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ، ދިވެހި ރައްޔިތުން އެހެން ޤައުމުތަކުގައި އުޅޭއިރު ވެސް ލުއި ފަސޭހަ ތަކެއް ލިބިގެން ދާނެ ގޮތަށް ކަމަށް އެކަމަނާ ފާހަގަ ކުރެެއްވި އެވެ،
އެއާއެކު ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ޚާރިޖީ ސިޔާސަތު އޮތީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އަދި ދިވެހި މަސްލަޙަތު ހިމާޔަތްކޮށް، ބޭރު ދުނިޔޭގެ ރައްޔިތުންނަށް އިޙުތިރާމް ކުރުމުގެ މައްޗަށް ކަމަށެވެ. އަދި ދޭދޭ ޤައުމުތަކުގެ ގުޅުން ދަމަހައްޓެމާ އެކު، ސިޔާސީ ގޮތުން ގުޅުން ޤާއިމު ކޮށްފައި ނުވާ ޤައުމުތަކާ އެކު ވެސް ގުޅުން ދަމަހައްޓައި، ޤާއިމު ކުރުމަށް މަސައްކަތް ކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އަދި ދިވެހި މަސްލަޙަތު ރައްކާތެރިކޮށް ބޭރު ދުނިޔޭގެ ރައްޔިތުންނަށް އިޙުތިރާމް ކުރުމަށް. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަށް އިޙުތިރާމް ކުރުމާއި، އަޅުގަނޑުމެންގެ ސިޔާދަތީ މިނިވަންކަން ބަލައިގަންނަ ކަމަށް. އަދި ދޭދޭ ޤައުމުތަކުގެ ގުޅުން ދަމަހައްޓައި، ސިޔާސީ ގުޅުން ޤާއިމު ކޮށްފައި ނުވާ ޤައުމުތަކާ ގުޅުން ޤާއިމު ކުރުމަށް މަސައްކަތް ކުރުން،" ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.
މީގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، އެ ގުޅުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެދެވޭ އެހީތެރިކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން 24 ގަޑިއިރު ކަހަލަ ގޮތަަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތް އާންމު ރައްޔިތުންނަށް ނުފެނުނު ނަމަވެސް، މަޝްވަރާ އާއި ލިޔެކިޔުންތަކުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށް އެކަމަނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް