Article Top
ޚަބަރު •

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތިބޭނީ އޭއައި ބޭނުންކޮށްގެން ކިޔަވައި ދިނުމުގެ ޤާބިލުކަން ތިބި މުދައްރިސުން: އެޑިއުކޭޝަން މިނިސްޓަރު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތިބޭނީ އޭއައި ބޭނުންކޮށްގެން ކިޔަވައި ދިނުމުގެ ޤާބިލުކަން ތިބި މުދައްރިސުން: އެޑިއުކޭޝަން މިނިސްޓަރު

އަހާ ފޯރަމްގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވާހަކަ ދައްކަވަނީ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތިބޭނީ އޭއައި ބޭނުންކޮށްގެން ކިޔަވައި ދިނުމުގެ ޤާބިލުކަން ތިބި މުދައްރިސުން ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިސްލާައީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ އޮތް އަހާ ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެ ފޯރަމްގައި މިނިސްޓަރު ޝަފީއު ވަނީ މުދައްރިސުން ބިނާ ކުރުމާއި، މުދައްރިސުންގެ ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން މިނިސްޓަރު ޝަފީއު ވިދާޅުވީ، މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި އޭއައިގެ ޓްރެއިނިން ޕްރޮގްރާމްގެ ވަރަށް ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށެވެ. ޚާއްސަކޮށް، މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ތެރެއިން އެކަން ކުރިއަށް ގެންގޮސްފައި ވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ އެކި އެކި ޕްރޮގްރާމްތަކުގެ ތެރެއިން ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު އެންއައިއީގެ އެދުރު ޕްލެޓްފޯމް މެދުވެރިކޮށް މުދައްރިސުންނަށް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް، އަދި މިނިސްޓްރީގައި ހިންގާ އެކި އެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން މުދައްރިސުން އަހުލުވެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

އޭގެ މާނައަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައި ދިނުމަށް އެކަށީގެންވާ ޤާބިލުކަން ހުރި މުދައްރިސުންގެ ފޯސްއެއް ރާއްޖޭގައި އޮތުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. އެއާއެކު، އެއީ ޓްރެއިނިން ތަަކަށް ވުރެ ވެސް ފަސޭހަ ކަމެއް ކަމަށާއި، މުދައްރިސުންގެ ތެރެއިން ގިނަ ފަރާތްތަކަކީ އޭއައި އަށް ވަރަށް އަހުލުވެރި ބައެއް ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން، އެކަން ކުރުމުގައި ރާއްޖެ އަށް ގޮންޖެހުމެއް އޮންނާނެ ކަަމަށް ނުދެކޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް