ހަތަރު މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް ދިޔަވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި
އަލީ އީމާން
ލިޔުންތެރިޔާ
ފުލުހުން ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދަނީ
ހަތަަރު މީހުންނާއެކު ކާށިދޫ ކަނޑުގައި ދަތުރު ކުރަމުން ދިޔަ ދޯންޏެއް ދިޔަވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ބުދަ ދުވަހު ފުލުހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގޮތުގައި ދިޔަވަމުން ދިޔައީ ރ. އަތޮޅު ރިސޯޓަކަށް ދަތުރު ކުރަމުންދިޔަ ސީލައިން 3 ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކަމަށެވެ. އަދި މި ދޯނި ދިޔަވާން ފަށާފައިވަނީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް، ދޯނި އަރިއަޅައިލައިގެން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ފުލުހުންނަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހު ހެނދުނު 9:57 ހާއިރު ކަމަށް އެ އިދާރާ އިން ވަނީ ބުނެފައި އެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ބ.އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދުގައި ހަަރަކާތްތެރިވާން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ދޯނީގައި ދަތުރު ކުރަމުން ދިޔައީ ތިން ދިވެހި ފިރިހެނުން އަދި ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި އެ ހަތަރު މީހުން ރައްކާތެރިކަމާއެކު ބ. އޭދަފުއްޓަށް ގެންގޮސްފައިވާ ކަަމަށް ވެސް ފުލުހުން ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް