Article Top
ކުޅިވަރު •

އެފްއޭއެމް އެވޯޑްސްގެ ނޮމިނޭޝަންތައް - އެންމެ މޮޅު ކޯޗުންގެ ތެރޭގައި ސުޒެއިން އާއި ގާސިއާ އަދި ލުއިސްމާ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެފްއޭއެމް އެވޯޑްސްގެ ނޮމިނޭޝަންތައް - އެންމެ މޮޅު ކޯޗުންގެ ތެރޭގައި ސުޒެއިން އާއި ގާސިއާ އަދި ލުއިސްމާ

މެދުކެނޑުމަކަށްފަހު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ "އެފްއޭއެމް އެވޯޑްސް 2026" ގެ އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނޮމިނޭޝަންތައް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް އިއުލާންކުރަން ފަށައިފި އެވެ.

އެފްއޭއެމް އިން މިހާތަނަށް ވަނީ ޖުމްލަ ތިން ކެޓަގަރީއެއްގެ ނޮމިނޭޝަންތައް އާންމުކޮށްފަ އެވެ. އެއީ އަހަރުގެ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ރެފްރީގެ ނޮމިނޭޝަންތަކެވެ.

Advertisement
Article Inside

އަހަރުގެ އެންމެ މޮޅު ކޯޗު:

  • އަލީ ސުޒެއިން - ނިއު ރޭޑިއަންޓް

  • އެންދްރޭސް ގާސިއާ ސޮލާ - އޮޑި ސްޕޯޓްސް ކްލަބް

  • ލުއިސް މެނުއަލް ހެނާންޑޭޒް މާޓިން (ލުއިސްމާ) - މާޒިޔާ

Uploaded image

އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ:

  • މިލޮސް ލެޗްނީ - ވިކްޓަރީ

  • ސާޖިއޯ މެންޑިގުއިޗިއާ އިގްލޭސިއަސް (މެންޑީ) - މާޒިޔާ

  • އަލްހާޖީ ގެރޯ - ނިއު ރޭޑިއަންޓް / ވިކްޓަރީ

  • ގުއިލާމޭ ލުއިސް ގޮމޭޒް ޑަ ސިލްވާ - ނިއު ރޭޑިއަންޓް

  • ހަޑްސަން ޑިއަސް ޑި ޖީސަސް - ބުރު ސްޕޯޓްސް ކްލަބް / އޮޑި ސްޕޯޓްސް ކްލަބް

Uploaded image

އަހަރުގެ އެންމެ މޮޅު ރެފްރީ:

  • ޖާވިޒް މުހައްމަދު

  • ޝާތިރު އަބްދުﷲ

  • ސިނާން ހުސައިން

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެންމެ މޮޅު ފިރިހެން އަދި އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ، އަދި އަލަށް ތައާރަފްކުރި ފުޓްސަލް ކެޓަގަރީތަކުގެ ނޮމިނޭޝަންތައް ވެސް ރަސްމީކޮށް އާންމުކުރަމުންދާނެ އެވެ.

މި ފަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.

މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް