ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމަށް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ހާނިމް -- ފޮޓޯ/ ޕީއެސްއެމް
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް ރައީސް އޮފީހުގެ އިސް މަގާމަކަށް އިއްޔެ އައްޔަން ކުރެއްވުމާ ގުޅިގެން، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރެއްވުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ހާނިމް އާ ހަވާލު ކޮށްފި އެވެ.
ތޮލާލް ވަނީ ރައީސް އޮފީހުގެ "ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް" ގެ މަގާމަށް މިނިސްޓަރު ކަމުގެ ފެންވަރުގައި އައްޔަން ކުރައްވައިފަ އެވެ.

މިއާ އެކު ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ހުސްވުމުން، އެ މަގާމުގެ ޒިންމާތައް ދެން އަދާކުރައްވާނީ މި އަހަރުގެ ކުރީކޮޅު ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރެއްވި ހާނިމް އެވެ.
އޮލިމްޕިކްސްގައި ވާދަކުރި ކުރީގެ އެތުލީޓް ހާނިމް ވަނީ އެތުލެޓިކްސް އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމާއި، 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް