ޚަބަރު

ނަސޭހަތު ބޯޑު ބެހެއްޓުމުގެ މަސައްކަތް ފަށައިފި، ފުރަތަމަ މާލެ އަތޮޅުގައި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ނަސޭހަތު ބޯޑު ބެހެއްޓުމުގެ މަސައްކަތް ފަށައިފި، ފުރަތަމަ މާލެ އަތޮޅުގައި

ކ، އަތޮޅުގެ ރަށްރަށުގައި ނަސޭހަތު ބޯޑުތައް ހަރުކުރަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ރަށެއްގަ ނަސޭޙަތުގެ ބޯޑުތައް ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި މަޝްރޫޢުގެ ދަށުން މާލެ އަތޮޅުގެ ރަށްތަކުގެ މަގުތަކުގައި ބޯޑު ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ފުރަތަމަ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފައިވަނީ މާލެ އަތޮޅުގައެވެ.

އެ މިނިސްޓްރީން ބުނީ މިހާރު މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ބޯޑުތައް ފޮނުވާފައިވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެހެން އަތޮޅުތަކަށްވެސް ނަސޭޙަތުގެ ބޯޑުތައް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ރިވެތި އާދަތަކާއި ގުޅޭ ނަސޭހަތުގެ ބޯޑުތައް ބެހެއްޓުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށް ނިންމަވައި، އެމަޝްރޫޢޫ ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ މުނާސަބާއާއި ދިމާކޮށް ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ އާންމު ހުރިހާ ސަރަޙައްދެއްގައާއި މައި ހުރިހާ މަގެއްގައެވެ. އާންމުކޮށް ފެންނާނެހެން ޒިކުރުތަކާއި ނަސޭޙަތުގެ ބަސްކޮޅުތައް ހިމެނޭ ބޯޑުތައް ބެހެއްޓުމަށްވަނީ ނިންމާފައެވެ. މިމަޝްރޫޢު ހިންގުމުގެ މައިގަނޑު ބޭނުމަކީ މިފަދަ ބޯޑުތަކާއެކު ހެޔޮކަންކަމުގެ ހަނދާން އައުކޮށްދީ ހެޔޮކަންކަން ކުރުމަށް ހިތްވަރުދީ ބާރުއެޅުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް