Article Top
ޚަބަރު •

އުރަމަތީގެ ކެންސަރަށް ޝައްކު ކުރެވޭ ނަމަ، ވަގުތުން އެހީތެރިކަން ހޯއްދެވުމަށް ގޮވާލައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އުރަމަތީގެ ކެންސަރަށް ޝައްކު ކުރެވޭ ނަމަ، ވަގުތުން އެހީތެރިކަން ހޯއްދެވުމަށް ގޮވާލައްވައިފި

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދާ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަ ދައްކަވަނީ

އުރަމަތީގެ ކެންސަރަށް ޝައްކު ކުރެވޭ ނަމަ، ވަގުތުން އެހީތެރިކަން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ގޮވާލެއްވީ، އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދާ ސިމްޕޯޒިއަމް ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި އެވެ.

އެކަމަނާ ވިދާޅުވީ، އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުން ވަރަށް މުހިންމު ކަމެއް ހާމަކޮށްދޭ ކަމަށެވެ. އެގޮތުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ ކެންސަރާ ގުޅޭ ފަރުވާ އަކީ ހޭލުންތެރިކަމުން ފެށޭ ފަރުވާއެއް ކަަމަށެވެ.

Advertisement
Article Inside

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ ވަރަށް ގިނަ އަންހެނުން އުރަމަތީގެ ކެންސަރު ތަހަންމު ކުރަމުން އަންނަކަން ފާހަގަ ކުރައްވައިފަ އެވެ. އެކަމާ ވިދާޅުވީ އުރަމަތީގެ ކެންސަރު ޖެހެނީ އެންމެ މީހަކަށް ވީ ނަމަވެސް، އެކަމުގެ އަސަރު ވަރަށް ގިނަ ބަޔަކަށް ކުރާ ކަމަށެވެ. އެއާއެކު އެކަމަނާ ވިދާޅުވީ، އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އަވަރަށް ފަރުވާ ފަށައި، އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ހަމައެހެންމެ ރައީސުލްޖުމްޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އެކަމަނާގެ ވާހަކަ އަޑު އަހާ ކޮންމެ އަންހެނަކަށް ވެސް ބުނެލަން ބޭނުން ވަނީ އަމިއްލަ ޞިއްޙަތާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ލަސްނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަމިއްލަ ޞިއްޙަތަށް އިސްކަން ދިނުމާއެކު، ޞިއްޙީ މާހިރުންގެ އެހީތެރިކަން ހޯދުމަށް ވެސް އެކަމަނާ އިލްތިމާސް ކުރެއްވި އެވެ. އެ ނިންމުމަކީ ތިމާގެ އަމިއްލަ ނަފްސުގެ އިތުރުން، ތިމާ ދެކެ ލޯބިވާ މީހުންނަށްޓަކައި ވެސް ނިންމާ ނިންމުމެއް ކަމަށް އެކަމާ ފާހަގަ ކުރައްވާފައިވެ އެވެ

އެ ރަސްމިއްޔާތުގައި ރަައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުރާލައި ބަލި ދެނެގަތުމަށް ބާރު އަޅުއްވައި، ޤަވާއިދުން ހަދަން ޖެހޭ ޗެކަޕްތައް ހެއްދެވުމަށް ވެސް ގޮވާލައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް