Article Top
ޚަބަރު •

ރިސޯޓެއްގެ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، ކެޕްޓަންގެ ކަރާއި މޭމަތި ފިހިއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރިސޯޓެއްގެ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، ކެޕްޓަންގެ ކަރާއި މޭމަތި ފިހިއްޖެ

އައިޖީއެމްއެޗް.

ރިސޯޓެއްގެ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، އެ ލޯންޗުގެ ކެޕްޓަން ފިހިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ، މި ހާދިސާ ހިނގާފައި ވަނީ ކ.އަތޮޅުގެ ރިސޯޓެއްގައި ކަމަށެވެ. އެހެން ނަމަވެސް، އެއީ ކޮން ރިސޯޓެއް ކަމެއް ފުލުހުން ބުނެފައި ނުވެ އެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭ ދަންވަރު 3 ޖަހާކަންހާއިރު ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައި ވަނީ ފަތިހު 05:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާގައި އެ ލޯންޗުގައި ހުރި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް ވަނީ އަނިޔާވެފައި އެވެ. އެގޮތުން އޭނާގެ ކަރާއި މޭމަތި ފިހިފައިވާއިރު، ލޯންޗުގައި ހުރީ އޭނާ އެކަނި ކަމަށް މައުލޫމާތު ދީފައިވެ އެވެ. އޭނާ އަކީ އެ ލޯންޗުގެ ކެޕްޓަން އެވެ.

ފުލުހުން ބުނީ އެ އިދާރާ އިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް