Article Top
ޚަބަރު •

ސިޔާސީ ބޭނުމަށް ގައުމުތަކާ މެދު ދޮގު ވާހަކަތައް ފެތުރުމުން ލިބޭ ގެއްލުން ބޮޑުވާނެ: މިނިސްޓަރު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ސިޔާސީ ބޭނުމަށް ގައުމުތަކާ މެދު ދޮގު ވާހަކަތައް ފެތުރުމުން ލިބޭ ގެއްލުން ބޮޑުވާނެ: މިނިސްޓަރު

މިނިސްޓަރު އިރުތިޝާމް އަހާ ފޯރަމްގައި --

އެހެން ގައުމަކާ ގުޅިގެން ރައްޔިތުންނަށް ގިނަގުނަ މަންފާތަކެއް ހޯދައިދޭ ބޮޑެތި މަޝްރޫއުތަކާ ބެހޭގޮތުން ވަކި ފަރާތްތަކަކުން ފަތުރާ ވާހަކަތަކުގެ ސަބަބުން، ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބާއްވަމުން އަންނަ "އަހާ" ފޯރަމުގައި އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މިފަދަ މަޝްރޫއުތަކަށް އަމާޒުކޮށް ވަކި ބަޔަކު ދައްކާ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، އެ ގައުމަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫއެރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ރަސްމާލެ މަޝްރޫއަކީ އިންތިހާއަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ މަސައްކަތެއްކަން ބަޔާންކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހާރިޖީ ދާއިރާގެ އުސޫލުތަކުގެ ތެރެއިން އެ ގައުމަކާ އެކު އޮންނަ ގުޅުން ދެމެހެއްޓުމަކީ ނުހަނު ބޮޑަށް އިސްކަންދީ، ވިސްނަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

މީގެއިތުރުން، މި ބާވަތުގެ ވާހަކަތަކުގެ ސަބަބުން ދޭދޭ ގައުމުތަކުގެ ގުޅުމަށް ލިބޭ ގެއްލުމަކީ ހަމައެކަނި މިހާރުގެ ޖީލަށް އެކަނި އުފުލަންޖެހޭނެ ބުރައެއް ނޫން ކަމަށާއި، އޭގެ ނޭދެވޭ އަސަރު އަންނަން އޮތް ޖީލުތަކަށް ވެސް ދެމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހާރިޖީ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ބައިނަލްއަގުވާމީ ގުޅުންތަކަށް ބުރޫއަރާ ފަދަ އަމަލުތަކެއް އެއްވެސް ބަޔަކު ހިންގައިފިނަމަ، އޭގެ ގެއްލުމާއި ހިތި ނަތީޖާ ސީދާ ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް