Article Top
ކުޅިވަރު •

ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއިހް އާއި ނަބާ އަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއިހް އާއި ނަބާ އަށް

ނަބާ އަދި ފާއިހް -- ފޮޓޯ/ޓެނިސް އެސޯސިއޭޝަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައުމީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އަބްދުﷲ ފާއިހް ފަޒީލް އާއި ނަބާ ނިޝާން ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން އޯޕަން ސިންގަލްސް ޗެމްޕިއަންކަން ފާއިހް ހޯދީ ފައިނަލުގައި މުހައްމަދު ނޫހު ނާޒިހާ ވާދަކޮށެވެ. އަދި ނަބާ ވަނީ އަންހެން އޯޕަން ސިންގަލްސް ފައިނަލުގައި ކިޔާރާ އުސާމާ އަލީ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މުބާރާތުގެ އިތުރު ވަނަތައް:

  • ފިރިހެން ޑަބަލްސް ޗެމްޕިއަން: ދާއޫދު ޝަހީބު އަދި މުހައްމަދު ނޫހު. (ފައިނަލުގައި މޮޅުވީ ފާއިހާއި އަހުމަދު ސާއީ ވަހީދުގެ ޕެއާއާ ވާދަކޮށް)

  • މިކްސްޑް ޑަބަލްސް ޗެމްޕިއަން: އަހުމަދު ސާއީ ވަހީދު އަދި ކިޔާރާ އުސާމާ އަލީ.

  • ޖޫނިއާ އޯޕަން ފިރިހެން ސިންގަލްސް ޗެމްޕިއަން: މުހައްމަދު ނޫހު ނާޒިހް.

  • ޖޫނިއާ އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަން: ކިޔާރާ އުސާމާ އަލީ.

  • 45 އަހަރުން މަތީގެ ފިރިހެން ސިންގަލްސް ޗެމްޕިއަން: އަހުމަދު ރަޝީދު.

  • 45 އަހަރުން މަތީގެ ފިރިހެން ޑަބަލްސް ޗެމްޕިއަން: ޔޫސުފް ރިޒާ އަދި އަބްދުލް އަލީމް.

ގައުމީ ޓެނިސް މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން -- ފޮޓޯ/ޓެނިސް އެސޯސިއޭޝަން
ގައުމީ ޓެނިސް މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން -- ފޮޓޯ/ޓެނިސް އެސޯސިއޭޝަން

މީގެ އިތުރުން 7 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކެޓެގަރީތައް ވެސް ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް